ބ. ކެންދޫ ކައުންސިލުން ރައްޔިތުންނަށް އަންގާ އެކިއެކި އެންގުންތައް އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުންގެ ފޯނުތަކަށް ލިބޭނެގޮތް ހަދައިފި އެވެ.
ކެންދޫ ކައުންސިލުން ބުނިގޮތުގައި އެރަށު ކައުންސިލުން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތަކާއި އިއުލާން އަދި އެކިއެކި މައުލޫމާތު ބަލްކް އެސްއެމްއެސް މެދުވެރިކޮށް އެރަށޫ އާއްމުންގެ މޯބައިލް ފޯނުތަކަށް މިހާރު ލިބޭނެ އެވެ.
އާއްމުންނަށް އެސްއެމްއެސް ފޮނުވަމުން ގެންދަނީ “Kendhoo315” ގެ ނަމުގަ އެވެ. އެގޮތުން އެސްއެމްއެސް ފޮނުވަމުން ގެންދަނީ ރައްޔިތުންގެ މޯބައިލް ފޯނުތަކަށް އެކި ކަންކަމާގުޅޭގޮތުން އެކަންކަމާ ގުޅުންހުރި ފަރާތްތަކަށް ކަމަށްވެސް ކެންދޫ ކައުންސިލުން ބުންޏެވެ.
ކެންދޫ ކައުންސިލުން އަންނަނީ ފޭސްބުކް ޕޭޖު މެދެވެރިކޮށްވެސް ކައުންސިލުގެ އެންގުންތަކާއި އިއުލާން އަދި ކައުންސިލުގެ ނިންމުންތައް ވެސް އާއްމު ކުރަމުންނެވެ.