ބީއެމްއެލް އަށް ދެވަނަ ކުއާޓަރުގައި 183 މިލިއަން ރުފިޔާގެ ފައިދާއެއް



ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސާފު ފައިދާގެ ގޮތުގައި 183.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކުން މިއަދު ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 561.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން އިންޓަރެސްޓާއި އެފަދަ އެހެން އާމްދަނީގެ ގޮތުގައި އެ ބޭންކަށް 358.9 މިލިއަން ރުފިޔާ ލިބިފައިވާއިރު ފީތަކާއި އެހެނިހެން ކޮމިޝަނުން އާމްދަނީގެ ގޮތުގައި 174.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.


ބީއެމްއެލްއިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި އެ ބޭންކަށް މިދިޔަ ކުއާޓަރުގައި 483.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 114.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ނުލިބޭނެ ކަމަށް ބަލައި 123.1 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ.

އެ ބޭންކުގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ހިއްސާއަކަށް 136ރ. ފައިދާގެ ގޮތުގައި ޖެހިފައިވެ އެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުރިން ލިބޭނެ ކަމަށް ލަފާކުރި މާލީ ނަތީޖާ އަށް ވުރެ ރަނގަޅު މާލީ ނަތީޖާއެއް މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިތުރުން އަހަރުގެ މިހާތަނަށް ވެސް ހޯދާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއަކީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު 17 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ލަފާކުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.