ބ. އަތޮޅު ކައުންސިލުން ބާއްވާ ބެޑްމިންޓަން މުބާރާތް މިރޭ ފަށާނެ އެވެ.
އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ބައިވެރިވީ 6 ޓީމެވެ.
އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލުގެ އިތުރުން ކޮމްބައިންކޮށް ޓީމުތައް ނަގފާއިވާ ބަޔޮސްފިއާ/އުރީދޫ/ބީއެމްއެލް އަދި އެސްޓީއޯ/މީޑިޔާ ސެންޓަރުގެ ޓީމެވެ.
މުބާރާތުގެ މިރޭ ދެ މެޗު ކުޅޭނެ އެވެ. އެއީ ޕޮލިހާއި އެސްޓީއޯ އަދި ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބަޔޮސްފިއާ އެވެ. ދެ މެޗުވެސް ފަށާނީ މިރޭ 8:30 ގަ އެވެ.
މުބާރާތުގެ މެޗުތައް ކުޅޭނީ އޭދަފުށީ ޔޫތު ސެންޓަރުގަ އެވެ. ފައިނަލު މެޗުތައް އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ.