ރަށު ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް އެހީ ދިނުން ހުއްޓާލައިފި

މާރެސް ޖަމިއްޔާއިން މާޅޮހުގައި ބޭއްވި ވޮލީ މުބާރާތުގައި ކުޅެނީ. ރަށު ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް އެހީދިނުން ވަނީ ހުއްޓާލާފައި. އީޓީ ފައިލް ފޮޓޯ

ބ. އަތޮޅުގެ އެކި ރަށްރަށުގެ ކްލަބް ޖަމިއްޔާތަކާއި ކައުންސިލުތަކުން ރަށު ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް އަތޮޅު ކައުންސިލުން ދެމުން އައި ފައިސާގެ އެހީ ދިނުން ހުއްޓާލުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމީ މިމަހު 11 ވަނަ ބޭއްވި އެ ކައުންސިލްގެ މިދައުރުގެ ތިންވަނަ އާންމު ބައްދަލުވުމުގަ އެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި މިއަތޮޅުގެ ރަށްރަށުގައި ރަށު ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް އެހީ ނުދޭން ނިންމީ އެ ކައުންސިލަށް އާމުދަނީ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެވެ.

ނަމަވެސް ރަށްރަށުގެ އިޖުތިމާއީ އަދި ތައުލީމީ ކަންތައްތަކަށް ކުރިއެކޭ އެއްގޮތަށް އަތޮޅު ކައުންސިލުގެ އެހީތެރިކަން ލިބޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކަށް އަތޮޅު ކައުންސިލުން އެހީ ނުދޭން ނިންމިއިރު މިދިޔަ އަހަރު އަތޮޅު ކައުންސިލުން އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވަނީ ކުޅިވަރު ހަރަކާތްތަކަށެވެ. އެގޮތުން ތަފާތު އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި އަދި އެ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ކައުންސިލުގެ ފަރާތުން 2016 ވަނަ އަހަރު ވަނީ، -/74585 ރ. އެހީގެ ގޮތުގައި ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.