މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ދިރާގުން “މިނިވަން ޑޭޓާ ޕެކް”ގެ ނަމުގައި ދެ ގުނަ އިތުރު ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ހަދިޔާއެއްގެ ގޮތުން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ހިލޭ ދެ ޖީބީގެ ޑޭޓޭ މިއަދު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އެކްޓިވޭޓް ކުރާ ޑޭޓާ ޕެކް ދެ ގުނައަށް ބޮޑު ކޮށްދެ އެވެ. އަދި މި ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެވެ އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ހޮނހިރު ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ދިރާގުގެ މޯބައިލް ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ޑޭޓާ ޕްލޭން އެކްޓިވޭޓް ކުރެއްވުމަށް ގުޅަން ޖެހެނީ*123*8# އަށެވެ.
ދިރާގުން ބުނި ގޮތުގައި މިނިވަން ދުވަހާ ގުޅިގެން މިފަދަ ޕްރޮމޯޝަނެއް ހިންގުމުގެ މަގުސަދަކީ ދިރާގުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުމުވެެ.