ފެހެންދޫއަށް ކުޑަ އީދެއް

ފެހެންދޫގައި ހެދި ކުޑަކުދިންގެ ޕާކު ކުރީގެ ފިލްމީ ތަރި ޝިރާނީ ހުޅުވަިއދެނީ: ފޮޓޯ/ޒުހުދާ

ދިވެހި ފިލްމީ ދުނިޔޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުރީގެ މަސްހޫރު ފިލްމީތަރި އައިޝަތު ޝިރާނީއާ އެކު މިއަދު ހަވީރު ފެހެންދޫއަށް ކުޑަ އީދެއް އަތުވެއްޖެ އެވެ.

ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ފެހެންދޫ ކައުންސިލުން އެރަށުގައިހެދި ކުޑަކުދިންގެ ޕާކު “ތުއްތު ފަންނު” ހުޅުވައިދިނުމަށްފަހު އެރަށު ރައްޔިތުންނާއެކު ނެގި ފޮޓޯތަކުން އޭނާ ވަނީ އެރަށު އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދީފަ އެވެ.

ޕާކު ހުޅުވައިދިނުމަށްފަހު ޝިރާނީ ބުނީ ތުއްތު ކުދިންނަށްޓަކއި މިފަދަ މުހިންމު މަސައްކަތެއް ނިންމާ ހުޅުމުގެ ޝަރަފު އޭނާ އަށް ދެއްވީތީ އުފާކުރާ ކަމަށާއި މި ޕާކަކީ ފެހެންދޫގެ ތުއްތު ކުދިންނަށް އުފާވެރި މާހައުލެއް ގެނެސްދޭނެ ތަނެއްކަމަށް އުއްމީދު ކުރާކަމަށެވެ.

 

 

މި ޕާކުގައި ބަހައްޓާފައިވާ ހުރިހާ ތަކެއްޗެއް ވެސް ތައްޔާރުކޮށްފައިވަނީ ފެހެންދޫގަ އެވެ. އަހަރެއްހާ ދުވަހު ކުރެވުނު މި މަސައްކަތް ރައްޔިތުންގެ ބައިވެރި ވުމާއެކު އަމަލީގޮތުން ކޮށްފައިވަނީ ކައުންސިލްގެ މެމްބަރުންނެވެ.
ޕާކު ހުޅުވުމަށްފަހު

ޕާކު ހުޅުވުމަށްފަހު ބޭއްވި ޖަމްބަލް ސޭލް

ޕާކު ހުޅުވުމަށްފަހު އެ ސަރަހައްދުގައި ވަނީ ކުޑަކުދިންގެ ތަފާތު ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ފެހެންދޫގެ ހުނަރުވެރި ޒުވާނުންގެ ބޮޑުބެރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިނިވަންދުވަހާއި ގުޅުވައިގެން ފެހެންދޫ އަންހެނުންގެ ކޮމިޓީއިން އެ ސަރަހައްދުގައި ވަނީ ޖަންބަލް ސޭލެއެ ވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.