ބީއެމްއެލްގެ އާ ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވައިފި

ބީއެމްއެލް އިން އަލަށް ހެދި ކަސްޓަމާ ސާވިސް ސެންޓަރުގައި ހިދުމަތް ހޯދޭނެ ގޮތް ކަސްޓަމަރަކަށް ކިޔައިދެނީ. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ އަދަދު އިތުރުވާތީ ފަސޭހަކަމާ އެކު އަވަހަށް ހިދުމަތްތައް ދޭން، އަމީނީ މަގުގައި ހުންނަ މާލެ ސްކޮޔާގައި އެންމެ ފަހުގެ ޓެކްނޮލަޖީއާ އެކު އާ ކަސްޓަމާ ސާވިސް ސެންޓަރެއް ރޭ ހުޅުވައިފި އެވެ.

އެ ބޭންކުން ބުނީ ފައިސާގެ މުއާމަލާތްތައް ފިޔަވައި ބޭންކުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް މީގެ ފަހުން ދޭނީ އެ ސެންޓަރުން ކަމަށެވެ. ގިނަ ވަގުތުތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެ ސެންޓަރު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ޗެކް ފޮތް، ސްޓޭޓްމަންޓް، ކްރެޑިޓް، ޑެބިޓް ކާޑު ނެގުން އަދި މޮބައިލް ބޭންކިންގެ އިތުރުން އިންޓަރނެޓް ބޭންކިންގ ހިދުމަތަށް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު އައިޕެޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ތަޖުރިބާކާރު މުވައްޒަފުންނާ ގުޅާލެވިގެންދާނެ ކަމަށާއި މިގޮތުުން ކަސްޓަމަރުން ހިދުމަތް ހޯދުމަށް ހޭދަ ކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

އަދި ފައިސާގެ މުއާމަލާތްތައް ފިޔަވައި ބޭންކުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް މީގެ ފަހުން ދެމުން ގެންދާނީ މި ސެންޓަރުން ކަމަށާއި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ސެންޓަރ ހުޅުވާފައި ހުންނާނެ ކަމަށެވެ.

ރޭ ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވި ގޮތުގައި މި އާ ސެންޓަރުގެ އެންމެ ޒަމާނީ ސެޓްއަޕް އާއި ހުޅުވާފައި ހުންނަ ވަގުތު އިތުރުވުމުގެ ސަބަބުން ކަސްޓަަމަރުންނަށް މާލެއިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ސެންޓަރ ކަސްޓަމަރުންނަށް އަވަސް އަދި ރަނގަޅު ހިދުމަތެއްގެ އިތުރުން އުފާވެރި އަދި ހިތްހަމަޖެހިގެންދާނެ ފަދަ ތަޖުރިބާ އެއްވެސް ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.