އުރީދޫގެ އެނިވާސަރީ އޮފާ: މުޅި އަހަރު ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު!

އުރީދޫގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚާއްޞަ އިނާޔަތްތަކުގެ ތެރެއިން، އުރީދޫ އާއި އަލަށް ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނަށް މަރުޙަބާ ކިއުމުގެ ގޮތުން، ރާއްޖޭގެ އެންމެ ހަލުވި ޑޭޓާ ސްޕީޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ތަޖުރިބާ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އުރީދޫން ބުނި ގޮތުގައި މިއަދު މިފެށުނު ލިމިޓެޑް އޮފަރ، އުރީދޫ އާއި ގުޅިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ.

މި ފުރުސަތުގެ ދަށުން އުރީދޫ ނެޓްވޯކާ އަލަށް ގުޅިވަޑައިގަންނަވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ އެވެ. އަދި އަލަށް ގުޅިވަޑައިގަންނަވާ ޕްރީޕެއިޑް ކަސްޓަމަރުންނަށް، މަހަކު 50ރ. ޚިދުމަތް ބޭނުންކުރެއްވުމުން، ހަ މަސް ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ އެވެ.

އަދި އުރީދޫގެ ޚިދުމަތް މިހާރުވެސް ހޯދަމުންދާ ކަސްޓަމަރުން، ޕެކޭޖް އަޕްގްރޭޑް ކުރެއްވުމާއި އެކު، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

“އުރީދޫގެ 12ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އުރީދޫގެ އާ ކަސްޓަމަރުންނަށް މި އަގުހުރި ފުރުސަތާއި އެކު މަރުޙަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެންނާއި އެކު ކުރައްވާ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވިގެންދާނެ، އުފާވެރި ދަތުރަކަށް
ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި ދިވެހި މުޖްތަމައުއަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ޙަރަކާތްތަކާއި އެކު އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން މި އޮގަސްޓް މަހުގެ ތެރޭގައި އަދިވެސް ކުރިޔަށްދާނެ.” އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.