ސީއެންއެންގެ އެއް ވަނަ ރިސޯޓަކަށް ސޮނޭވާ ޖާނީ

ސޮނެވާ ޖާޏީގެ މޫދު ކޮޓަރިއެއް: ފޮޓޯ: ސޮނެވާ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނިއުސް ޗެނަލް، އެމެރިކާގެ ސީއެންއެންގެ މި އަހަރުގެ އެންމެ މަގުބޫލް ރިސޯޓް، ހޮޓާތަކުގެ އެއްވަނަ މަގާމަށް ސޮނޭވާ ޖާނީ އަށް ލިބިއްޖެ އެވެ.

އެންމެ މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ސޮނޭވާ ކުންފުނިން ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ޖާނީ ރިސޯޓް ހުޅުވީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ.

މި ރިސޯޓްގެ އެންމެ ހިތްގައިމު ކަމަކީ ކޮޓަރީގެ އަދަދު މަދުކޮށް، ކޮޓަރިތަކުގެ މެދުގައި އޮންނަ ހުސް ޖާގަ ބޮޑުކޮށްފައިވުމެވެ. އެގޮތުން، މިއީ މުޅި ދުނިޔޭގައި ވެސް ބިމުގެ ނިސްބަތުން ކޮޓަރީގެ އަދަދު އެންމެ މަދު ރިސޯޓެވެ.

ރާއްޖޭގައި މިހާރު ހިންގާ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ސޮނޭވާ ޖާނީ ހިމެނޭ އިރު، މި ރަށުގައި 24 މޫދު ކޮޓަރި އާއި އެއްގަމުގައި ބޮޑު އެއް ވިލާ ހުރެ އެވެ.

ސީއެންއެން އިން ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާ ކަނޑުގެ ރިސޯޓެއްގައި ބަހައްޓާފައިވާ އެންމެ ބޮޑު ދުރުމި އާއި އައުޓްޑޯ ސިނަމާ ހުންނަނީ އެ ރިސޯޓުގައެވެ.
އެންމެ މަތީ ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކުރި އިންޑިއާގެ ވިޔަފާރިވެރިޔާ ސޯނޫގެ ސޮނޭވާ ކުންފުނިން 1995 ވަނަ އަހަރުން ފެށިގެން ބ. އަތޮޅުގައި އަންނަނީ ސޮނެވާފުށީ ރިސޯޓް ވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.