އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

‎އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުންގެ ފަރާތުން ކަނޑައަޅާ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ‎އެ ކުންފުނީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިންނާއި ހިއްސާދާރުން ގަނެފައިވާ ހިއްސާގެ އަދަދަށް ބެލުމަށްފަހު، އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް އެކަކު ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރަން ޖެހޭ ކަމަށެވެ. އަދި އެ ޑިރެކްޓަރު އައްޔަންކުރެވޭނީ މި އަހަރު ބާއްވާ އެ ކުންފުނީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގަ އެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ އަތުގައި މަދުވެގެން 50 ހިއްސާ އޮންނަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑީގްރީއެއް ހާސިލްކޮށްފައިވުމާއި ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގެ ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓާގައި މަތީ މަގާމެއްގައި މަސައްކަތްކޮށް، މަދުވެގެން ދިހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނީގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތުގައި ވީހާ ގިނަ އަންހެނުން އެ މަގާމަށް ކުރިމަތިލާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.