ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި

ބ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާ އަތުލައިގެންފައިވަނީ ކޮން ރިސޯޓަކުން ކަން ފުލުހުން ހާމައެއް ނުކުރެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިއަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 80 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް