ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން މުޅިން އާ އޭއާރް އެޕަކާ އެކު ހިލޭ ކޮފީ!

ދިރާގުގެ ހެޑް އޮފީސް: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.– ފޮޓޯ: / މިހާރު

މިއަދަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑެ ނުވަތަ ދިރާގަށް ފަހުރުވެރި 29 އަހަރު ފުރޭ ދުވަހެވެ.

ކުންފުނީގެ 29ވަނަ އުފަންދުވަހާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި ހާއްސަ ހަފްލާއެއްބާއްވާފަ އެވެ.

އަހަރީ ދުވަހާއިގުޅިގެން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުންވަނީ އޯގްމެންޓެޑް ރިއަލިޓީ ކެމްޕޭނެއް ފައްޓާފައެވެ.

ދިރާގުން ބުނިގޮތުގައި “ދިރާގު އޭއާރް” ގެ ނަމުގައި ތަޢާރަފް ކުރި އެޕަކީ އެކުންފުނީގެ އަހަރީ ދުވަހާއި ކުންފުނީގެ ބްރޭންޑްއާގުޅޭގޮތަށް އޯގްމެންޓަޑް ރިއަލިޓީ އެޕްލިކޭޝަނެކެވެ. މި ކެމްޕޭނުގެ ދަށުން އޯގްމެނަޓަށް ރިއަލިޓީ މޯބައިލް ފޯނުގެ ޒަރީޢާއިން ތަޖްރިބާ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް މާލޭއާއި އަތޮޅުތެރޭގެ ކޮފީޝޮޕްތަކުން އެޕްމެދުވެރިކޮށް ގުރުއަތުންހޮވޭ ފަރާތްތްކަށް ހިލޭ ކޮފީ ލިބުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވެ އެވެ.

އޭ.އާރް ޓެކްނޮލޮޖީއަކީ މޯބައިލްފޯނުގެ ކެމެރާމެދުވެރިކޮށް އެމީހެއްގެ އަސްލު ވެށީގެ ތެރެއަށް ރިއަލްޓައިމްކޮށް ތްރީޑީ ޑިޖިޓަލް އިމޭޖަސް އިމްޕޯސްކުރާ ޓެކްނޮލޮޖީއެކެވެ. މިޓެކްނޮލޮގީ މީގެ ކުރިން ޕޯކީމޯން ގޯ ފަދަ ބައިނަލްއަގްވާމީ ގޭމްތަކުން ފެނިފައި އެބަހުއްޓެވެ. ގޭމްގެ އިތުރުން މެޕް އާއި މަގު ދައްކައިދޭ މެޕިންގް އެޕްތަކާއި ތައުލީމާއި ރިފަރެންސް އެޕްތަކުގައި މިޓެކްނޮލޮޖީ ފަސޭހައިން ބޭނުންކުރެވިދާނެއެވެ.

ދިރާގުން ބުނިގޮތުގައި އޭއާރްއަކީ ދިރާގުގެ ކަސްޓަމަރުންނަށް މުޅިންއާ އެއްޗެއް ނޫނެވެ. ދިރާގުން އޮގަސްޓް މަހުވަނީ “އާރްބީ ކުއެސްޓް” ގެ ނަމުގައި އަގު ހުރި އިނާމު ތަކަކާއެކު އޭއާރް ގޭމިންގ އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފައިއެވެ. މި އެޕް ވެގެން ދިޔައީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް އެކަނި ހާއްސަކޮށްގެން ތައާރަފްކުރެވުނު މިކަހަލަ އެޕްލިކޭޝަނަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.