އޭދަފުށީ ޔޫސީމާސް ޗެލެންޖުން އެއްވަނަ ފައިހާ އަށް

އޭދަފުށީ ޔޫސީމަސް ޗެލެންޖުން އެއްވަނަ ހޯދި ފައިހާ. ފޮޓޯ/އޭދަފުށީ ޔޫސީމަސް

އޭދަފުށީ ޔޫސީމާސް ކްލާހުން ބޭއްވި ޔޫސީމާސް ޗެލެންޖުން އެއް ވަނަ ފައިހާ ފާއިޒު ހޯދައިފި އެވެ.

މި މުބާރާތުން ދެ ވަނަ ލިބުނީ ފާތުމަތު ޝަދީ އަށެވެ. އަދި ތިން ވަނަ ހޯދީ އަހްމަދު ނަހުޔާން ނަޝީދު އެވެ

ވިސްނުމުގެ ކުޅަދާނަކަން ލިބިފައިވާ މިންވަރު ބެލުމަށް އޭދަފުށީ ޔޫސީމާސް އިން ބޭއްވި މި ޗެލެންޖުގައި ހަވާލު ކުރެވޭ ސުވާލު ތަކުގެ ތެރެއިން، އަށް މިނެޓް ތެރޭގައި އެންމެ ގިނަ ސުވާލު ރަނގަޅަށް ހެދޭ ކުއްޖެއް ބެލުމަށް އެ ކްލާހުން ވަނީ ޔޫސީމާސްގެ ޓެސްޓެއް ބާއްވާފަ އެވެ. މި ޓެސްޓުގައި ބަލަނީ އެންމެ އަވަސް ސުޕީޑެއްގައި ގިނަ ސުވާލުތަކެއް ރަނގަޅު ކުރެވޭތޯ އެވެ.

އޭދަފުށީ ޔޫސީމަސް ޗެލެންޖުން ދެވަނަ ހޯދި ސަދާ. ފޮޓޯ/އޭދަފުށީ ޔޫސީމަސް

4-14 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން މިއަހަރު މާޗުމަހުތެރޭ އޭދަފުށީގައި ފެށި ޔޫސީމަސް ކްލާހުގައި 100 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެ އެވެ.

މި ކްލާސްތަކުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އަޑުއެހުމާއި ސަމާލުކަންދިނުން، ހަނދާނުގައި ބެހެއްޓުމާއި، އަދި ކަންތައްތައް ބަލާ ދިރާސާކުރުމުގެ ފަންނުގެ އިތުރުން މައުލޫމާތު އަވަހަށް ނަގައިދިނުމުގެ ކަންތައްތައް ހިމެނެ އެވެ.

އޭދަފުށީ ޔޫސީމަސް ޗެލެންޖުން ތިންވަނަ ހޯދި ނަހުޔާން. ފޮޓޯ/އޭދަފުށީ ޔޫސީމަސް

ހިސާބު އިލުމުން ދަރިވަރުންނަށް ކުރިއެރުން ހޯދައި ދިނުމަށް ހިންގާ ޔޫސީމަސް ނިންމާ ދަރިވަރުންނަށް ކަލްކިއުލޭޓަރު ނުވަތަ އެފަދަ އެހެން އެއްވެސް އާލާތަކާ ނުލާ ހިސާބުގެ ބޮޑެތި ނަމްބަރުތައް ހިތުން ހަދާލެވެ އެވެ. އަދި މީގެ އިތުރުން ޔޫސީމަސް ކްލާސްތަކުން ހިންގާ ޕްރޮގުރާމްގައި ބައިވެރިވާ ދަރިވަރުންނަށް ގައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގެ ޔޫސީމާސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.

އޭދަފުށީ ޔޫސީމަށް ސެންޓަރުން ބުނިގޮތުގައި އެ ސެންޓަރުގެ މިހާރުގެ އަމާޒަކީ އަމިއްލަ ލާނިންގެ ސެންޓަރެއް އޭދަފުށީގައި ގާއިމުކުރުމެވެ.

ގުޅުންހުރި ލިޔުންތައް