ރައީސްގެ ހާއްސަ އިނާމާއި މެޑަލް އޭދަފުށީގެ ހަތަރު ބޭފުޅަކަށް

ސަރުކާރުން ދެއްވާ ޚާއްސަ އިނާމު ޝާހިދާއަށް ރައީސް ހަވާލުކޮށްދެއްވަނީ

ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން އަދި ކީރިތި ޤުރުއާން ހިތުދަސް ކުރައްވައިގެން ހާސިލުކުރައްވައުގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު އޭދަފުށީގެ ހަތަރު ފަރާތަކަށް ލިބިވަޑައިގެންފި އެވެ.

ސަރުކާރުން ދެއްވާ ޚާއްސަ އިނާމު މުސްތަފާ އަށް ރައީސް ހަވާލުކޮށްދެއްވަނީ

މިރޭ މި އިނާމު ލިބިވަޑައިގެންނެވި އޭދަފުއްޓަށް އުފަން 4 ބޭފުޅުންނަކީ އޭދަފުށީ ރޯޝަނީގޭ ހަސަން ނަސީހު އާއި ފުނަދޫގޭ ޝާހިދާ އަބްދުލްޣަފޫރު އާއި އަތިރީގޭ އައިޝަތު އަޒުމާ އަދި އަލްހާފިޒު މުހައްމަދު މުސްތަފާ އަށެވެ.

ސަރުކާރުން ދެއްވާ ޚާއްސަ އިނާމު ހަސަން ނަސީހު އަށް ރައީސް ހަވާލުކޮށްދެއްވަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެކައުންޓިން ޓީޗަރެއްގެ މަގާމުގައި ހުންނެވި ހަސަން ނަސީހަށް މި އިނާމު ލިބިވަޑައިގެންނެވީ ވިލާ ކޮލެޖުން 2016 ވަނަ އަހަރު މެލޭޝިޔާގެ އޯޕަން ޔުނިވަސިޓީގެ ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތް އޮނާސް ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައިވާތީ އެވެ.

ޝާހިދާ އަބްދުލްޣަފޫރަށް މި އިނާމު ލިބިވަޑައިގެންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން 2015 ވަނަ އަހަރު ބެޗެލާ އޮފް އާޓްސް ޓީޗިން އިންގްލިސް އޭސް އަ ފޮރިން ލޭންގުއޭޖް ކޯސް ފުރިހަމަކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައިވާތީ އެވެ. ޝަހިދާ މިހާރު ހުންނެވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑްރީ އިންގްލިސް ޓީޗަރުގެ މަގާމުގަ އެވެ.

ސަރުކާރުން ދެއްވާ ޚާއްސަ އިނާމު އައިޝަތު އަޒުމާ އަށް ރައީސް ހަވާލުކޮށްދެއްވަނީ

އައިޝަތު އަޒުމާ އަށް މި އިނާމާއި މެޑަލް ލިބިވަޑައިގެންނެވީ ތުރުކީގެ އަބާން އިޒެޓް ބައިސަލް ޔުނިވަސިޓީން 2016 ވަނަ އަހަރު ބެޗެލާ އޮފް ސައިންސް އިން ބައިލޮޖީން ވިތު އޮނާސް ކޯސް ފުރިހަމަކުރައްވައި އެ ކޯހުން އެއްވަނަ ހާސިލުކުރައްވާފައިވާތީ އެވެ.

މީގެ އިތުރުން ގައުމީ ޔުނިވަސިޓީން 2015 ވަނަ އަހަރު ބެޗެލާ އޮފް ޓީޗިން އިސްލާމު ވިތް އޮނާސް ކޯސް ފުރިހަމަ ކުރައްވައި އެކޯހުން އެއްވަނަ ހޯއްދައިގެން ބ. މާޅޮހު، ހަވޭލި ހަނާ މުހައްމަދު ސައީދު ވެސް ވަނީ ރައީސް ދެއްވާ ހާއްސަ އިނާމު ހާސިލުކުރައްވާފަ އެވެ.

“އީޓީ” ގެ ފަރާތުން އިނާމު ހާސިލުކުރެއްވި ފަރާތަތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް