އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މިއަދު ޓެކްސްޓް ފޮތް ދޫކުރަނީ

ދިރާސީ އާ އަހަރަށް ކިޔަވާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މިއަދު ދޫކުރަން ފަށައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ގްރޭޑް 1-8 ގެ ދަރިވަރުންގެ ޓެކްސްޓް ފޮތް މިއަދު އެ ސްކޫލުން ދޫކުރަމުން ގެންދާނެ ކަމަށެވެ. އެހެން ގްރޭޑުތަކުގެ ފޮތްތައް ދޫކުރާނެ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް އެ މަރުކަޒުން ބުންޏެވެ.

ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސަރުކާރުން ހިލޭ ދިން ނަމަވެސް ބައެއް ޓެކްޓްސް ފޮތްތަކަކީ ދަރިވަރުން ކުރީ އަހަރު ބޭނުން ކޮށްފައިވާ ފޮތްތަކެވެ.

ބ. އަތޮޅު ތަުއލީމީ މަރުކަޒުގެ ދަރިވަރަކު އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހިފައިގެން ދަނީ- އީޓީ ފޮޓޯ

އާ މަންހަޖުގެ ދަށުން މިއަހަރު ގްރޭޑް 8ގެ ދަރިވަރުން ކިޔަވާ ޓެކްސްޓް ފޮތްތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީސް ވައުޗާސް ތައް ދޫކުރާނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް