
ބ. ހޮރުބަދޫގައި ހިންގާ ރޯޔަލް އައިލެންޑް ރިސޯޓްގެ ސްޕާއަށް ދެ އެވޯޑު ލިބިއްޖެއެވެ.
“އަރާމު ސްޕާ”ގެ ނަން ދީފައިވާ މި ސްޕާއަށް ދެ އެވޯޑު ލިބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ތައިލެންޑްގައި ބޭއްވި ހޯޓް ގްރެންޑިއޯ ގްލޯބަލް ހޮޓެލް އެންޑް ސްޕާ އެވޯޑް ހަފުލާގައެވެ.
އަރާމު ސްޕާއަށް ވަނީ އިންޑިއާ ކަނޑުގެ އެންމެ މޮޅު އަޔުރްވެދިކް ސްޕާގެ އެވޯޑު ލިބިފައެވެ. އަދި ހެލްތް އެންޑް ވެލްނެސް އެވޯޑް ވެސް ވަނީ މި ސްޕާއަށް ލިބިފައެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ ރޯޔަލް އައިލެންޑަކީ ހަނީމޫން ކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޓޫރިސްޓް މަންޒިލެކެވެ.
ރިސޯޓުތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ވޯޓަކުން ދޭ ހޯޓް ގްރެންޑިއޯ އެވޯޑުގައި މި ފަހަރު 170 އަށްވުރެ ގިނަ ގައުމުން ވާދަ ކުރިއެވެ.