“އުރީދޫ ކަލާ ރަން” އަންނަ ހުކުރު ދުވަހު ބާއްވަނީ

މިދިޔަ ހުކުރު ދުވަހު ބާއްވަން ނިންމި “އުރީދޫ ކަލާ ރަން” އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފި އެވެ.

މި ދުވުން ކެންސަލް ކުރީ ތޫފާން އޮކީގެ ސަބަބުން މިދިޔަ ހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ތޫފާންގެ އަސަރު ކުރުމުންނެވެ.

އުރީދޫން ބުނީ އެއީ އެފަދަ ދުވުމެއް ބޭއްވުމަށް މުނާސަބު ވަގުތެއް ނޫން ކަމަށް ދެކޭ ކަމަށެވެ. އަދި އެއާއެކު އުރީދޫ ކަލާ ރަންގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ދުވުމަށް ހުޅުމާލެ އަށް ދަތުރު ކުރަން ޖެހޭތީ، ނުރައްކާތެރި ހާލަތެއް ދިވާވުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމަށް ދުވުން އެހެން ތާރީޚަކަށް ބަދަލުކުރީ ކަމަށް ވެސް އުރީދޫން ބުންޏެވެ.

ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫ ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، އެ ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ޕަސެންޓެއް އެ ފަރާތަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެ އެވެ. މިގޮތުން މިއަހަރު އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނަރަކީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ މީހުން އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ހުރިހާ މީހުންނަށް އުރީދޫ ކަލާ ރަން ގައި ބައިވެރިވުމަށް، އެ ކުންފުނީގެ އިތުރުން މި ދުވުމުގެ އެންމެހައި ޕާޓްނަރުން ދައުވަތު ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.