ނިޝާމް ދިގު މުއްދަތަކަށް ޓީސީ އަށް

ނިޝާމް

ޓީސީ ސްޕޯޓްސް ކުލަބުން މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޓްރާންސްފާ މާކެޓުގައި އެޓީމުގެ ޓީމްލިސްޓުގައި އޭދަފުށީގެ އުއްމީދީ ކުޅުންތެރިޔާ ނިޝާމް މުޙައްމަދު ރަޝީދު ހިމަނައިފިއެވެ.

ދަނޑުމަތީގައި ޕޮގްބާގެ ނަމުން މަޝްހޫރުވެފައިވާ ނިޝާމް ވަނީ މިދިޔަ އަހަރު މާލޭ ލީގުގައި ވާދަކުރި ނިއު ރޭޑިއަންޓް ޓީމުގައިވެސް ހިމެނިފައެވެ. ޖޫން ޓްރާންސްފާގައި ނިއުއިން އޭނާ ދޫކޮށްލި ހިސާބުން ފެށިގެން ނިޝާމް ދިޔައީ ޓީސީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ނަމަވެސް ރަސްމީކޮށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ.

ނިޝާމް ވަނީ މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި ކިރްގިސްތާނުގައި އޮތް 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައިވެސް އެއުމުރުފުރާގެ ރާއްގޭގެ ގައުމީ ޓީމުގައި ކުޅެފައެވެ.

ޓީސީން ވަނީ މިއަހަރުގެ ސީޒަނަށް އޭދަފުށީގެ ފޯވަޑް، މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި މިލަންދޫ ޓީމުން ފެނިގެންދިޔަ އިބްރާހީމް އިޝާން (ސައްޓު) ވެސް އެޓީމަށް ގެނެސްފައެވެ. އަދި ވޭތުވެދިޔަ ދެސީޒަނުގައި ވެސް އެޓީމުން ފެނިގެން ދިޔަ ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ މިސީޒަނުގައި ވެސް ޓީސީގައި މަޑުކުރަން ނިންމާފައެވެ. ނަމަވެސް މިދިޔައަހަރު ފަހުކޮޅު ޓީސީން ފެނިގެންދިޔަ އަހުމަދު ސުހައިލް ވަނީ މިސީޒަނުގައި ޔުނައިޓެޑް ވިކްޓްރީއަށް ކުޅެން އެއްބަސްވެފައެވެ.

ނިޝާމް ޓީސީއާ ގުޅުނީ ހަތަރު އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.