ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ވޮލީ ބޯޅަ ކޯޗިން ކޭންޕެއް ފަށައިފި އެވެ.
ދަރިވަރުންންނަށް ވޮލީ ކުޅުމަށް ޝައުގުވެރި ކުރުމުގެ ގޮތުން ފެށި މި ކޭމްޕްގައި ކޯޗު ކަން ކޮށްދެނީ ބ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމު އެވެ.
އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕްގައި 100 އެއްހާ ދަރިވަރުން ބައިވެރިވެ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މި ކޭމްޕްގައި ވޮލީގެ ހުނަރުތައް ދަރިވަރުންނަށް ކިޔަވައިދޭނެ އެވެ.