
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕްގައި މި އަހަރު ބ. އަތޮޅުން ދެ ޓީމު ބައިވެރިވެއްޖެ އެވެ.
މުބާރާތުގައި މިއަހަރު ބ. އަތޮޅުން ބައިވެރިވީ އޭދަފުއްޓާއި ފެހެންދޫ އެވެ.
އަންނަ މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މި ފަހަރު ވެސް ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބައިވެރިވެފަ އެވެ.
ޒޯން 3 ގައި ހިމެނޭ ބ. އަތޮޅައި މި މުބާރާތް ފަށާނީ އަންމަ މާޗުމަހުގެ 9 ވަނަ ދުވަހު އެވެ.
ޒޯން 3 ގައި ހިމެނޭ އަތޮޅުތަކުގައި މެޗުތައް ފަށާ ތާރީޚް ތައް؛
ރ. އަތޮޅުގައި (މާޗު 4 ން 14 އަށް)
ބ. އަތޮޅުގައި (މާޗު 9 ން 12 އަށް)
ޅ. އަތޮޅުގައި (މާޗު 13 ން 16 އަށް)
މި މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަނުން ދަތުރުކުރާނީ ޒޯން ބުރަށެވެ. ޒޯން 3 ގެ އަތޮޅު ތަކުގެ ޗެމްޕިއަނުންމެދުގައި މި މުބާރާތް ކުރިއަށްދާނީ މާޗު 19 އިން 26 އަށެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދ. ކުޑަހުވަދޫއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދީ ފައިނަލުގައި ގދ. ތިނަދޫ ބަލިކޮށްގެންނެވެ.
