އިންޓަ ސްކޫލު ވޮލީ: ގޮއިދޫ ސްކޫލަށް ޖެހިޖެހިގެން 4 ވަނަ ތަށި

މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ތަށި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބ. ގޮއިދޫ ސްކޫލުން ރޭ ހޯދައިފި އެވެ.

ޖެހިޖެހިގެން ހަތަރުވަނަ އަހަރު ގޮއިދޫ ސްކޫލުގެ 16 އަހަރުންދަށުގެ އަންހެން ޓީމު ތަށި ހޯދީ ފައިނަލުގައި ރޭ ވ. ކެޔޮދޫ ސްކޫލުގެ މައްޗަށް ފަސޭހަކާމާއެކު ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގައި މިއަހަރު ވެސް ގޮއިދޫގެ ތިން ޓީމު ވާދަކުރެ އެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން ޓީމުގެ އިތުރުން 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމެކެވެ. ހުރިހާ ޓީމެއްވެސް މާލޭ ސްކޫލުތައް ބަލިކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއަދު މެންދުރުފަހު 2:00 ގައި ކުޅޭ ފައިނަލްގައި 14 އަހަރުންދަށުގެ ޓީމު ބައްދަލުކުރާނީ މުހިއްޔުއްދީން ސްކޫލާއެވެ. އަދި ހަވީރު ކުޅޭ މި ގްރޫޕުގެ ފިރިހެން ބައިގެ ފައިނަލުގައި ގޮއިދޫ ޓީމާ ދެކޮޅަށް ނުކުންނާނީ ތާޖުއްދީން ސްކޫލެވެ.
މީގެ އިތުރުން މިއަހަރު ބެލެނިވެރިންގެ ޓީމެއްވެސް މި މުބާރާތުގައި ވާދަކުރެ އެވެ.

ކުޅިވަރު މުބާރާތްތަކުން ރަން ވަނަތަކެއް ހޯދަމުން އަންނަ ގޮއިދޫ ސްކޫލުގެ ދަރިވަރުން އަންނަ ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތައްވެސް ހޯދަމުންނެވެ. އެގޮތުން ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑްސް” އެ ސްކޫލުގެ ދަރިވަރުން އަންނަނީ ހޯދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ނިޒާމް ސަރ ގެ ރޭވުންތެރިކަމާއެކު ގޮއިދޫ ސްކޫލު ދަރިވަރުން ހޯދަމުންދާ ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް، ތި ހުރިހާ ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާ އެއް އަރިސްކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.