ސަޕޯޓަރުންގެ އެހީ ވަރަށް މުހިއްމު: ބއތމ

އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގައި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އާ ދެކޮޅަށް ބ. އަތޮޅު ތައުލީމީ މަރުކަޒު (ބއތމ) މިއަދު ނުކުންނައިރު، ސްކޫލް ޓީމަށް ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު ކަމަށް އެ ޓީމުން ބުނެފި އެވެ.

ބއތމ ޓީމުގެ މެނޭޖަރު އަބްދުލް ފައްތާހު މުހައްމަދު ބުނީ ބ. އަތޮޅުގެ ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ގޮސް، ޓީމަށް ސަޕޯޓްކުރު ވަރަށް މުހިއްމު ކަމަށެވެ.

“އަޅުގަނޑުމެން މި ނުކުންނާނީ ބ. އަތޮޅަށް ފުޓްބޯޅައިގައި އަނެއްކާވެސް ރީތިނަމެއް ހޯދައިދިނުމުގެ އަޒުމުގައި. މާލޭ ސްކޫލުތަކާއެކު ގަލޮޅު ދަނޑުގައި މި ކުޅޭ މެޗުތަކުގައި ސަޕޯޓަރުންގެ މުހިންމުކަން ސްކޫލް ވަރަށް މުހިންމު. އަޅުގަނޑުމެންގެ އެދުމަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުސްކުޅި ދަރިވަރުންނާއި މާލޭގައި ދިރިއުޅޭ ބ. އަތޮޅުގެ ހަމަ ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ގޮސް، ޓީމަށް ސަޕޯޓްކުރުން،”

ތައުލީމީ މަރުކަޒުގެ ޓީމުން ބުނީ މިއަދުގެ މެޗަށް ނުކުންނާނީ ސީއެޗްއެސްއީ އަކީ ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން ކަމަށާއި މާލޭގައި ކުޅެން ޖެހުނު ނަމަވެސް ސަޕޯޓަރުންގެ އެހީއާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން މާލޭގައިވާ ބާއްވާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ވާދަކުރީ 18 އަހަރުންދަށުގެ ބައިގަ އެވެ. ބއތމ އާއި ސީއެޗްއެސްއީގެ އިތުރުން ދެން ވާދަކުރަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މި މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާ ހުޅުވާ މެޗުގައި ބއތމގެ ޓީމާ ދެކޮޅަށް ނުކުންނާނީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ ސްކޫލް (ސީއެޗްއެސްއީ) އެވެ.

ގަލަނޑު ފުޓްބޯޅަ ދަނޑުގައި މެޗުފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:0ގަ އެވެ.

18 އަހަރުން ދަށުގެ ޝެޑިއުލް

17 މާޗު، (ހޮނިހިރު)، ސީއެޗްއެސްއީ – ބއތމ
19 މާޗު، (ހޯމަ)، ވިލާ ހައި ސްކޫލް – އަހްމަދިއްޔާ
22 މާޗު، (ބުރާސްފަތި)، ސީއެޗްއެސްއީ – އަހްމަދިއްޔާ
23 މާޗު (ހުކުރު)، ބއތމ – ވިލާ ހައި ސްކޫލް
25 މާޗު (އާދީއްތަ)، ވިލާ ހައި ސްކޫލް – ސީއެޗްއެސްއީ
26 މާޗު، (ހޯމަ)، ބއތމ – އަހްމަދިއްޔާ

ބ. އަތޮޅު ތައުލީމީ މަރުކަޒުން މި މުބާރާތުގައި އެންމެފަހުން ވާދަކުރީ 2012 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ދަތުމަވަންތަ ސްކޫލް އަތުން ބަލިވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.