ވިލާއަތުން ބަލިވެ، ބީއޭއީސީ އަށް އަމިއްލަ ބާރު ގެއްލިއްޖެ

ބ. އަތޮޅު ތައުލީމީ މަރުކަޒާއި ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ/އިމޭޖަސް.އެމްވީ

މާލޭގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގައި މިއަދު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަތުން 3-1 އިން ބަލިވެ، ބ. އަތޮޅު ތައުލީމީ މަރުކަޒަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

4 ސްކޫލަކުން ވާދަކުރާ މި މުބާރާތުގައި ކޮންމެ ޓީމެއް މިހާރު ދެ މެޗު ކުޅެފައިވާއިރު، އެއްވަނައިގައި ކުޅުނު ދެ މެޗުން މޮޅުވެގެން، އޮތީ 6 ޕޮއިންޓާއެކު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މިއަދުގެ މޮޅާއެކު ވިލާ އޮތީ 3 ޕޮއިންޓާއެކު ދެވަނައިގަ އެވެ. ސީއެޗްއެސްއީ އާއި ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދެ މެޗުން ލިބުނީ 1 ޕޮއިންޓެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުނީ މިއަދު މެޗުން ޕޮއިންޓެއްވެސް ނުހޯދުމުންނެވެ. ތައުލީމީ މަރުކަޒަށް ދެން ފުރުސަތު ލިބޭނީ އަހްމަދިއްޔާ މެޗުން މޮޅުވެ، ވިލާ – ސީއެޗްއެސްއީ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ހެންވޭރު ދަަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ފުރަތަމަ ފަސް ވަރަކަށް މިނިޓްގައި ވިލާ އިން ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯލް ހުޅުވާލައިފަ އެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ވިލާ އިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ނަތީ 3-1 އަށް ފުޅާކޮށްފަ އެވެ. ނަމަވެސް ތައުލީމީ މަރުކަޒުން ވަނީ މެޗު ނިމުމުގެ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
މުބާރާތުގައި ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ބ. ައތޮޅު ތައުލީމީ މަރުކަޒުގެ ފުޓްބޯޅަ ޓީމެއް އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާއިރު، ބެޑްމިންޓަން މުބާރާތުގައި ވެސް އެ ސްކޫލ؛ުގެ ޓީމެއް ވާދަކުރެ އެވެ. ނަމަވެސް މި މުބާރާތުގެ 14 އަހަރުން ދަށުގައި ވާދަކުރި އެ ސްކޫލުގެ ޓީމުު ވަނީ މިރޭ ސެމީ ފައިނަލުގައި ވ. ކެޔޮދޫ އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.