ޔުނިޓީ ޗެލެންޖް: ޔުނައިޓެޑް ވީ އާއި އިރުމަތީ ލަވާސް ސެމީ އަށް

ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ޔުނައިޓެޑް ވީ އާއި އިރުމަތީ ލަވާސް ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމުން ސެމީ ފައިނަލުގެ ޖާގަތަށް ކަށަވަރުކުރީ އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ. ޔުނައިޓެޑް ވީ އިން ވަނީ ފިނޮޅު ރިސޯޓްގެގެ މައްޗަށް 7-6 އިން ކުރިހޯދައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-4 އިން އެވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފިނޮޅުގެ އުނެއިސް ޒުބައިރަށެވެ.

އިރުމަތީ ލަވާސް އިން ވަނީ 5-0 އިން ކޮކޯޕާމް ދުނިކޮޅު ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރުމަތީ ލަވާސްގެ ސާހީ މޫސާ ވަނީ އެޓީމަށް ތިން ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ އަނަސް މުހައްމަދު އާއި ހަމްދާން އަބްދުއްސައްތާރު އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑާއި އަމިއްލަފުށި ރިސޯޓް އެވެ. ދެވަނަ މެޗުގައި ކިންގްސް ޔުނައިޓެޑް އާއި ވެލާ ސިޓީ އެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމަކަށް ސެމީގެ ފަހު ދެ ޖާގަ ލިބޭނެ އެވެ. މެޗު ފަށާނީ 16:00 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.