ސެމީގެ ފަހު ޖާގަތައް ފެއިމްސް ޔުނައިޓެޑް އާއި ވެލާ ސިޓީ އަށް

ފެއިމްސް އާއި އަމިއްލަފުށީ ބައްދަލުކުރި މެޗުގެ ތެރެއިން

ކްލަބް ދަ ބިނިގާސް އިން އިންތިޒާމުކޮށްގެން އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. އެޓޯލް ޔުނިޓީ ފުޓްސަލް މުބާރާތުގެ ސެމީގެ ފަހު ދެ ޖާގަ ފެއިމްސް ޔުނައިޓެޑް އާއި ވެލާ ސިޓީން ހޯދައިފި އެވެ.

މި މުބާރާތުގެ ސެމީގެ ފަހު ޖާގަތައް ފެއިމްސް ޔުނައިޓެޑް އާއި ވެލާ ސިޓީން ހޯދީ މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުތަކުން މޮޅުވެގެންނެވެ. އަމިއްލަފުށީ އަތުން ފެއިމްސް 1-3 އިން މޮޅުވި އިރު، ދަރަވަންދޫ ކިންގްސް ޔުނައިޓެޑް އަތުން ވެލާ ސިޓީ މޮޅުވީ 3-2 އިންވެވެ.

ފެއިމްސް އަށް ލަނޑުތައް ކާޟިޔާބުކުރީ އަބްދުﷲ ޒައީމް އާއި އަބްދުﷲ އަބޫބަކުރު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝާފިއު އަހްމަދު އެވެ. އަމިއްލަފުށީގެ ލަނޑު ޖެހީ އަބްދުއްސަމީއު އަލީ އެވެ.

ވެލާސިޓީ އާއި ކިންގްސް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ވެލާސިޓީއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ނިހާނު އާއި މުހައްމަދު ފަޔާޒު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ޝަރީފު އެވެ. ކިންގްސް ޔުނައިޑެޓަށް ލަނޑު ޖަހައިދިނީ ހުސައިން ނާސިފް އާއި ސާމިހް އަލީ ޝަރީފު އެވެ.

މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފެއިމްސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވީ އެވެ. ދެވަނަ މެޗުގައި ވެލާ ސިޓީ ނުކުންނާނީ އިރުމަތީ ލަވާސް އާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.