ބ. އެޓޯލް ޔުނިޓީ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލު މެޗުތައް ކާމިޔާބުކޮށް އިރުމަތީ ލަވާސް އާއި އެންމެފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި އެވެ.
އިއްޔެ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުން ފެއިމްސް މޮޅުވީ ޔުނައިޓެޑް ވީ އާ ވާދަކޮށް ފެނަލްޓީ ޖަހައިގެން 3-2 އިންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ދެވަނަ ސެމީ ފައިނަލުން ވެލާ ސިޓީގެ މައްޗަށް ކުރި ހޯދައި އިރުމަތީ ލަވާސް އިން ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އިއްޔެގެ މެޗުން ވެލާސިޓީގެ މައްޗަށް އިރުމަތީ ލަވާސް އިން ކުރިހޯދީ 2-3 އިންނެވެ.
މު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.