އެއްވަނަ ޓީމުގެ ގޮތުގައި ފެހެންދޫ ފައިނަލަށް، ނުކުންނާނީ މީދޫއާ ދެކޮޅަށް

ފެހެންދޫ ފުޓްބޯލަ ޓީމް

މިނިވަން ޗެމްޕިއަންޝިޕް ޒޯން ތިނެއްގައި މިއަދު ހަވީރު ޅ. ނައިފަރާއި ބައްދަލުކުރި 0-0 އިން އެއްވަރުވުމުން އެއްވަނަ ޓީމުގެ ގޮތުގައި ބ. ފެހެންދޫ ޒޯން ތިނެއްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ނައިފަރު ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވުމުން ފެހެންދޫއާއެކު ފައިނަލުގައި ވާދަކުރާނީ ރ. މީދޫ އެވެ.

މިއަދު މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުން މޮޅުވާން މަޖުބޫރުވުމުން ނައިފަރު ޓީމުން ވަނީ ދެވަނަ ހާފުގައި ކުރިއަށް ޖެހި ފުރުސަތު ތަނަވަސް ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ.

މި މޮޅާއެކު ކުޅުނު ދެމެޗުން ފެހެންދޫއަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މީދޫއަށް ތިން ޕޮއިންޓް ލިބުނު އިރު ނައިފަރަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. މި މުބާރާތުގެ ފައިނަލް މެޗު އަންނަ ހޯމަ ދުވަހު ކުޅޭނީ ނައިފަރު ދަނޑުގައެވެ. ފައިނަލުން މޮޅުވާ ޓީމަކަށް ޒޯން ފައިނަލް ބުރުން ފުރުސަތު ލިބިގެން ދާނެއެވެ. މިއީ މި ދެޓީމުގެ ޒޯން މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.