އަމިއްލަފުށީގައި ކުޑަކުދިންނަށް ހާއްސަ ފުޓްބޯޅަ ކޭމްޕެއް ފަށައިފި

އަމިއްލަ ފުށީގައި އިއްޔެ ފެށި ފުޓްބޯލްޓެކްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން: މި ކޭމްޕްގައި ކުޑަކުދިންނަށް ފޯރުކޮށްދޭނީ ޕްރޮފެޝަނަލް ތަމްރީން. –ފޮޓޯ: ތޮރިގް އަބްދުއްރަހްމާން

ބ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިޒޯޓް އަމިއްލަފުށިން ކުޑަކުދިންނަށް ހާއްސަ ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ކޭމްޕެއް ފަށައިފި އެވެ.

އޮސްޓްރޭލިއާގެ “ފުޓްބޯލްޓެކް” ގެ ކޯޗުންގެ އެހީތެރިކަމާއެކު އިއްޔެފެށި މި ކޭމްޕުގައި އަމިއްލަފުށި ރިޒޯޓާއި، އެ ރިޒޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ކުދިންގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިރީހަކަށް ދަރިވަރުންވެސް ބައިވެރިވެ އެވެ.

އަމިއްލަ ފުށީގައި އިއްޔެ ފެށި ފުޓްބޯލްޓެކްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން: މި ކޭމްޕްގައި ކުޑަކުދިންނަށް ފޯރުކޮށްދޭނީ ޕްރޮފެޝަނަލް ތަމްރީން. –ފޮޓޯ: ތޮރިގް އަބްދުއްރަހްމާން

ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި ގޮތުގައި މި ކޭމްޕަކީ ރިޒޯޓުގައި ކުރިއަށްގެންދާ އީސްޓާ ކޭމްޕުގެ ތެރެއިން އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އަމިއްލަ ފުށީގައި އިއްޔެ ފެށި ފުޓްބޯލްޓެކްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން: މި ކޭމްޕްގައި ކުޑަކުދިންނަށް ފޯރުކޮށްދޭނީ ޕްރޮފެޝަނަލް ތަމްރީން. –ފޮޓޯ: ތޮރިގް އަބްދުއްރަހްމާން

މި ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދާއިރު ކޮންމެ ދުވަހެއްގެ ހެނދުނު އޮންނާނީ އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކޭމްޕެވެ. މެންދުރުފަހު އޮންނާނީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ސީނިއާ ކޭމްޕެވެ. ބައިވެރިވާ ހުރިހާ ކުދިންނަށް ޓީޝާޓާއި އެހެނިހެން ޓްރެއިނިން ކިޓް ފޯރުކޮށްދެ އެވެ. އަދި ފިނޮޅު ރިޒޯޓުންނާއި އޭދަފުށިން ބައިވެރިވާ ކުދިންނަށް ޓްރާންސްފާ ހަމަޖައްސައިދެ އެވެ.

“ފުޓްބޯލްޓެކް އިން ފޯކަސްކުރަނީ ޕްރޮފެޝަނަލް އަދި އާ ކަންތައްތައް ދަސްކުރެވޭނެ ފަދަ އުފާވެރި މާހައުލެއްގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ޓެކްނީކްސް ރަނގަޅުކުރުމަށް. މި ޕްރޮގްރާމް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ކުރީގެ ޕްރޮފެޝަނަލް ދެ ކުޅުންތެރިން ކަމަށްވާ ޖޭސަން އާއި ގްލެން ޓްރިފިރޯ،” އަމިއްލަ ފުށިން ބުނެފައިވެ އެވެ.

އެ ރިޒޯޓުން މިހާރު ވެސް އަންނަނީ މިފަދަ އެހެން ހަރަކާތްތައް ރާވަން މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.