ދަތުރުވެރިންގެ މާރުކޭޓު ރޯދައަށް ގޮޅި ދޫކުރުން އަންނަ ހޮނިހިރުގައި ބާއްވަނީ

މާލޭގެ ދަތުރުވެރިންގެ މާރުކޭޓގެ ގޮޅިއެއްގައި މީހަކު ފަޅޯ ކިރަނީ
މާލޭގެ ދަތުރުވެރިންގެ މާރުކޭޓގެ ގޮޅިއެއްގައި މީހަކު ފަޅޯ ކިރަނީ

 

 

 

 

 

 

 

 

ދަތުރުވެރިންގެ މާރުކޭޓުން އަންނަ ރޯދަ މަހަށް ޚާއްސަ ކޮއްގެން ދޫކުރުމަށް ހަމަޖެހިފައިވާ ގޮޅިތައް ދޫކުރާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުގެ މެމްބަރު މުޙައްމަދު ޢަބްދުލްކަރީމު (ރުކުމާ) ވިދާޅުވީ، ގޮޅިތައް ދޫކުރުމަށް ހަމޖެހިފައި ވަނީ ގޮޅި ހޯދުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ.

މިވަގުތަށް ދޫކުރުމަށް ނިންމާފައިވަނީ 163 ގޮޅި ކަމަށާއި ގޮޅިތައް ދޫކުރާނީ ހަމައެކަނި ދަތުރުވެރިންގެ އުފެއްދުންތައް ވިއްކާ މާރުކޭޓުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ދަނޑުވެރިން އެދިއްޖެ ނަމަ ސަރުކާރުގެ މުއައްޒަފުންގެ ނާދީ ކުރިން ހުރި ބިމުންވެސް ގޮޅި ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

‘ ދަނޑުވެރިން ބޭނުންވެގެން އެދިއްޖެ ނަމަ، ހައުސިންގ މިނިސްޓްރީ އާ މަޝްވަރާ ކުރުމަށް ފަހު، ސަރުކާރުގެ މުއައްޒަފުންގެ ނާދީ ކުރިން ހުރި ބިމުންވެސް ގޮޅި ދޫކުރަން ވަނީ ހަމަޖެހިފަ ‘ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ޢަބްދުލްކަރީމު ވިދާޅުވި އެވެ.

ފައިބެ ދިޔަ އަހަރާއި ޚިލާފަށް މި އަހަރުގެ ރޯދަމަހަށް ޚާއްސަކޮއްގެން ދޫކުރާ ގޮޅިތަކުގެ އަގަކީ ގޮޅިއެއް 750ރ. އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.