ވެޓަރަންސް ޓީމުގެ ހާއްސަ މެޗު ހުކުރު ދުވަހު މާލޭގައި

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން މާލޭ ވެޓަރަންސް ފުޓްބޯޅާ ޓީމާއެކު ކުޅޭ އެކުވެރި ކަމުގެ މެޗު އަންނަ އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި އޮންނާނެ އެވެ.

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަހްމަދު ނާސިރު ބުނީ މިމެޗަކީ އަންނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗްތަކުގެ ތެރެއިން މެޗެއް ކަމަށެވެ. އަދި މިއީ ކްލަބެއްގެ ގޮތުގައި ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީވެގެން އެ ޓީމުން ކުޅޭ ފުރަތަމަ މެޗު ކަމަށް ވެސް ނާސިރު ބުންޏެވެ.

މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭ ޓާފް ދަނޑުގަ އެވެ.

“މި މެޗު ވެގެންދާނީ ރަސްމީ ސިފައެއްގައި މި ކްލަބްއިން ކުޅޭ ފުރަތަމަ މެޗަށް، ވީހާވެސް ގިނަ ބަޔަކު އަދި ވަކިން ހާއްސަކޮށް ބ. އަތޮޅަށް ނިސްބަތްވާ މީހުން މި މެޗު ބަލަން ދިޔުމަށް އެދެން. އޭދަފުށިން މެޗު ބަލަންދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯންޗު ދަތުރު ވެސް ހުކުރު ދުވަހު އޮންނާނެ،”

ނާސިރު ބުނީ، މި މެޗުގައި ވެސް އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން ކުޅޭނެ އެވެ. އަދި ދާދިފަހުން ސީނިއާ ޓީމުން ރިޓަޔާ ކުރި އަބްދުލްމަޖީދު (މަޖިއްޓޭ) ވެސް މި މެޗުގައި ކުޅޭނެ އެވެ.

މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ވެޓަރަންސް ޓީމުން އަންނަނީ މިދިޔަ މަހު ކުރީކޮޅުން ފެށިގެން ޕްރެކްޓިސް ކުރަމުންނެވެ. އަދި އެކިވެރިކަމުގެ މެޗުތަކެއްވެސް ވަނީ ކުޅެފަ އެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސޮކާ މޭޓްސް އާ އެކު އޭދަފުށީގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. އޭދަފުށީގެ އަތްދަށުނުވެ ސޮކާ މޭޓްސް އެ މެޗުން ސަލާމަތްވީ ކިރިޔާއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިބްރާހިމް

    ވާޑޭ ކޮބާ؟ ވާޑޭ ކުޅުނީމަނު ކަމަކަށް ވާނީ. އަސްލު ވާޑޭ ވެސް ޓީމަށް އަރަން ވާނެ. އޭނާގެ ފެންވަރު ވަރަށް ސަޅިވާނެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.