ވެޓަރެންސް ޓީމު ޑުސިތް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ

އޭދަފުށީ ވެޓަރަންސް ޓީމުން އިއްޔެ ޑުސިޓް އާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން : އީޓީ ފޮޓޯ/ތޯރިގް

މާދަމާ މާލޭ ވެޓަރަންސް ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ވެޓަރަންސް ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުން އިއްޔެ ޑުސިޓް ތާނީ މޯލްޑިވްސް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ އެވެ.

ޑުސިޓްގައި އިއްޔެ ހަވީރު ކުޅުނު މި މެޗުން އޭދަފުށީ ވެޓަރަންސް ޓީމު ބަލިވީ 7-2 އިންނެވެ.

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރު އަހްމަދު ނާސިރު ބުނީ މިއީ މާލޭ ވެޓަރަންސް ޓީމާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ތައްޔާރުވުމަށް އެޓީމުން ކުޅެމުން އަންނަ ސިލްސިލާ މެޗުތަކުގެ ތެރެއިން ފަހު މެޗު ކަމަށެވެ. އަދި މިއީ މި ސިލްސިލާ މެޗުތަކުގެ ތެރެއިން އެ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރު ކަމަށް ވެސް ނާސިރު ބުންޏެވެ.

“މި މެޗަކީ މާދަމާ މާލޭގައި ކުޅޭ މެޗުގެ ކުރިން ކުޅުންތެރިން ޓެސްޓްކޮށްލަން ކުޅުނު މެޗެއް. މެޗުން ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް ނަތީޖާއަކަށް ނުބަލަން. އަނެއްކޮޅުން ޑުސިޓްގެ ވެޓަރަންސަކާނޫން މިކުޅުނީ. އެންމެފަހުގެ ބ. އަތޮޅު ރިސޯޓް ޗެންޕިއަނުންނާ. އެހެންވެ މިއީ މާދަމާ މެޗުގެ ކުރިން ކުރަން ބޭނުންވި ތަޖުރިބާއެއް.،”

ނަމަވެސް މާދަމާ ގެ މެޗުން މާލޭ ވެޓަރަންސްޓީމު ބަލިކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ނާސިރު ބުންޏެވެ.

މާލޭ ވެޓަރަންސް ޓީމާ ދެކޮޅަށް ކުޅޭ މެޗު އޮންނާ މާދަމާ ހަވީރު މާލޭ ޓާފް ދަނޑުގަ އެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން އިއްޔެ ޑުސިޓް އާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން : އީޓީ ފޮޓޯ/ތޯރިގް

ނާސިރު ބުނި ގޮތުގައި މި މެޗު ވެގެންދާނީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީވެގެން އެ ޓީމުން ކުޅޭ ފުރަތަމަ މެޗަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު އަދި ވަކިން ހާއްސަކޮށް ބ. އަތޮޅަށް ނިސްބަތްވާ މީހުން މި މެޗު ބަލަން ދިޔުމަށް އޭނާ އެދެއެވެ.

ނާސިރު ބުނީ، މި މެޗުގައި ވެސް އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން ކުޅޭނެ އެވެ. އަދި ދާދިފަހުން ސީނިއާ ޓީމުން ރިޓަޔާ ކުރި އަބްދުލްމަޖީދު (މަޖިއްޓޭ) ވެސް މި މެޗުގައި ކުޅޭނެ އެވެ.
އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސޮކާ މޭޓްސް އާ އެކު އޭދަފުށީގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. އޭދަފުށީގެ އަތްދަށުނުވެ ސޮކާ މޭޓްސް އެ މެޗުން ސަލާމަތްވީ ކިރިޔާއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.