މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުން ށ. ފޯކައިދޫ އަތުން ފެހެންދޫ ބަލިވެއްޖެ އެވެ.
ފެހެންދޫ އަތުން ފޯކައިދޫ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ފޯކައިދޫ ޓީމަށް މުހައްމަދު ފާރިޝް އިބްރާހީމް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަފީން އެވެ.
ފެހެންދޫ ޓީމަށް ލަނޑު ޖަހައިދިނީ އިބްރާހިމް މާޖިދު އާއި މުހައްމަދު ރީހާން އެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ފެހެންދޫ ގުރޫޕްގައި ހިމެނޭ ޓީމުތަކަކީ ޒޯން 1 ގެ ޗެމްޕިއަން ހއ. މުރައިދޫ، ޒޯން 2 ގެ ޗެމްޕިއަން ށ. ފޯކައިދޫ، ޒޯން 3 ގެ ޗެމްޕިއަން ބ. ފެހެންދޫ، ޒޯން 4 ގެ ޗެމްޕިއަން އދ. ފެންފުއްޓާއި އއ. މާޅޮހެވެ.