މިއަހަރުގެ ކަލާސް އެވޯޑް ގޮއިދޫ ސްކޫލުގެ 7 ދަރިވަރަކަށް

މިއަހަރުގެ ކަލާސް އެވޯޑް ލިބުނު ގޮއިދޫ ސްކޫލުގެ ދަރިވަރުން ޕްރިންސިޕަލާއެކު ފޮޓޯއަކަށް ހުއްޓިގެން

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑު” ގޮއިދޫ ސްކޫލުގެ ހަތް ދަރިވަރަކު މިއަހަރު ވެސް ހޯދައިފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި މި އަހަރުގެ ކަލާސް އެވޯޑް ހަފުލާގައި ގޮއިދޫ ސްކޫލުން މި އެވޯޑް ހާސިލުކުރީ އިސްމާއިލް އަޖުލާން އާއި އަހްމަދު ސައްފާހު އާއި އަފާފް ނިޒާމް އާއި ސާނިޔާ އަހްމަދު ނިޒާމުގެ އާއި ޒަހާ ނިޔާޒުގެ އިތުރުން ސިރުހާން އަލީ އަދި މަރިޔަމް ނަޒާހަތު އެވެ.

މީގެ އިތުރުން އަހްމަދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ގޮއިދޫ ތިން ކުއްޖަކުވެސް ވަނީ މި އެވޯޑް ހާސިލްކޮށްފަ އެވެ. އެއީ ސަމްހާ ރިޔާޒް އާއި ސަފްނާ އިބްރާހިމް އަދި ރަފްހާ ސަމީރެވެ.

މި ދަރިވަރުން ކަލާސް އެވޯޑް ހާސިލުކުރީ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުންނާއި، މައިލޯ އިންޓަ ސްކޫލު ވޮލީ މުބާރާތުންނާއި އިންޓަ ސްކޫލު ބީޗު ވޮލީ މުބާރާތުން ހޯދި ކާމިޔާބީތަކުންނެވެ.

ކަލާސް އެވޯޑު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު އައިޝަތު ޝިހާމް ވިދާޅުވީ ކުޅިވަރުގައި ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީގެ ސަބަބުން، ގައުމީ ޓީމުތަކުން ދަރިވަރުންނަށް ޖާގަ ލިބެމުން އަންނަ މިންވަރު ވެސް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރާ އަޅާބަލާއިރު، ދަރިވަރުންނަށް ގައުމީ ޓީމުތަކުން މިހާރ ޖާގަ ލިބޭ މިންވަރު ތިން ގުނަައަށް އިތުރުވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 181 ދަރިވަރުން ހޯދައިފަ އެވެ. މިދިޔަ އަހަރު ގޮއިދޫ ސްކޫލުގެ 8 ދަރިވަރުން ވަނީ މި އެވޯޑް ހާސިލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.