މާރެސް އަތޮޅު ވޮލީ މުބާރާތް މާދަމާ ހަވީރު ފަށަނީ

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރުމަންޓް ސޮސައިޓީ (މާރެސް) އިން ބާއްވާ އަތޮޅު ވޮލީ މުބާރާތް މާދަމާ ހަވީރު ފަށާނެ އެވެ.

ބ. އަތޮޅުގެ ރަށްރަށަށް ހުޅުވައިލައިގެން އަންހެން އަދި ފިރިހެން ޑިވިސަން ހިމެނޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު 8 ޓީމު ވާދަ ކުރެއެވެ. އެއީ އަންހެން ޑިވިޝަނުގައި މާޅޮސް، ދަރަވަންދޫ، ގޮއިދޫ އަދި އޭދަފުށިން ނެވެ.

ފިރިހެން ޑިވިސަނުގައި ވާދަކުރަނީ މާޅޮސް، ކުޑަރިކިލު، ދަރަވަންދޫ އަދި ގޮއިދޫންނެވެ.

މާޅޮހުގައި ބާއްވާ މި މުބާރާތުގެ އަންހެން ޑިވިސަންގެ މެޗުތައް ކުރިއަށްދާނީ ހަވީރު އެވެ. ފިރިހެން ޑިވިސަންގެ މެޗުތައް ކުރިއަށްދާނީ ރޭގަނޑު އެވެ.

މާރެސް އިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އަތޮޅުގައި ތިބި ވޮލީ ކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި އެ ކުޅުންތެރިންގެ ވޮލީގެ ހުނަރު ތަރައްގީކުރުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން އިތުރުކުރުންވެސް މި މުބާރާތް ބާއްވާ މަގުސަދުތައް ތެރޭގައި ހިމެނެ އެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް -/15،000ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށްދާނީ މޭ 2ގެ ނިޔަލަށެވެ. މިއީ މާރެސް އިން މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ.

މި މުބާރާތުގެ މެއިން ސޮޕަންސަރަކީ ރެޑްވޭވް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު އޮންލައިން މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި މުބާރާތުގެ ހަބަރުތައް “އީޓީ” ން ގެނެސްދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.