މާޅޮސް ބަލިކޮށް ފެހެންދޫ ތާރީޚީ ކާމިޔާބީއަކާ ދިމާލަށް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި މިއަދު އއ. މާޅޮސް ބަލިކޮށް ބ. ފެހެންދޫ ތާރީޚީ ކާމިޔާބީއަކާ ދިމާލަށް ދަތުރުކޮށްފި އެވެ.

ށ. ފޯކައިދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެހެންދޫން ކާމިޔާބުކުރީ 2-1 އިންނެވެ.

މެޗުގައި ފެހެންދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހުސައިން އީމާނާއި ހަސަން ޝުޖާއުއެވެ. މާޅޮހުގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޚާލިދު ގަމާލެވެ.

ގްރޫޕް ދޭއްގެ އެއް ވަނައިގައި މިވަގުތު އޮތީ މާޅޮހެވެ. އެ ޓީމަށް ހަތަރު މެޗުން ލިބެނީ ހަތް ޕޮއިންޓާއެކު ފައިދާ ހަތް ގޯލެވެ. ދެވަނައިގައި އޮތް ފޯކައިދޫން ތިން މެޗު ކުޅެފައިވާ އިރު، އެ ޓީމު އޮތީ ހަތް ޕޮއިންޓާއި ފައިދާ ދެ ގޯލާއެކުގައެވެ.

ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާއި ފައިދާ ހަތަރު ގޯލާއެކު ފެހެންދޫ އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ހއ. މުރައިދުއާއި އދ. ފެންފުއްޓަށް ސެމީގެ ޖާގަ ގެއްލިފައިވާ އިރު، މާޅޮސް ފިޔަވާ އަނެއް ހަތަރު ޓީމަށްވެސް ގްރޫޕް ސްޓޭޖުގައި އަދި ބާކީ މެޗެއް އެބައޮތެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފެހެންދޫން އަންނަ އަންގާރަ ދުވަހު ނުކުންނާނީ ފެންފުއްޓާ ދެކޮޅަށެވެ. އެ މެޗުން ފެހެންދޫ މޮޅު ވެއްޖެނަމަ އެ ޓީމު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.