ގޮއިދޫ ދެ ޓީމު ވެސް ފައިނަލަށް

ބ. މާޅޮހު ރެކްރިއޭޝަން އެންޑް އެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) އަތޮޅު ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލަށް ގޮއިދޫ ދެ ޓީމު ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ފައިނަލަށް ދިޔައީ ކުޅުނު ދެ މެޗުން މޮޅު ވެގެންނެވެ.

މުބާރާތުގެ އަންހެން ބައިގައި އިއްޔެ ހަވީރު މާޅޮސް އާ ވާދަކޮށް ގޮއިދޫ ޓީމު މޮޅުވީ ފަސޭހަކަމާއެކު ސީދާ 3 ސެޓުންނެވެ. ސެޓްތައް ދިޔައީ 25-6، 25-15 އަދި 25-10 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޮއިދޫ ޓީމުގެ އައިމިނަތު ޝަޒުނާ އެވެ.

މުބާރާތުގެ ފިރިހެން ބައިގައި ފައިނަލުން ގޮއިދޫ ޓީމު ޖާގަހޯދީ ރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ކުޑަރިކިލު ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 5-12، 12-10 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ގޮއިދޫ ޓީމުގެ އަކްރަމް އަބްދުﷲ އެވެ

މި މުބާރާގައި އަންހެން ބައިގައި މިއަދު ހަވީރު އޭދަފުށި ނުކުންނާނީ ދަރަވަންދޫއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި މާދަމާ ކުޅޭނީ މާޅޮސް އާ އެވެ. ފިރިހެން ބައިގައި މިރޭ ވާދަކުރާނީ މާޅޮހާއި ދަރަވަންދޫ އެވެ. އެ މެޗުން މޮޅުވާ ޓީމެއް މާދަމާ ރޭ ސެމީގައި ނުކުންނާނީ ކުޑަރިކިލުއާ ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.