ގޮއިދޫން މާރެސް ވޮލީބޯޅަ ތަށި ދިފާއުކޮށްފި

ތައްޓާއެކު ގޮއިދޫ ދެ ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ/ކިތުނާ

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މާރެސް ވޮލީ މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި މާޅޮސްގެ މައްޗަށް ކުރިހޯދުމަށް ފަހު ގޮއިދޫން މާރެސް އަތޮޅު ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި މާޅޮސް އަތުން ގޮއިދޫ މޮޅުވީ 3-1 ސެޓުންނެވެ. މި ފަހަރު ގޮއިދޫން ތަށި ދިފާއުކުރީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޮއިދޫގެ އައިމިނަތު ސަޒްނާ އެވެ.

މާރެސް ވޮލީ މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިން—ފޮޓޯ/ކިތުނާ

މުބާރާތުގެ އެންމެ ހަ ކުޅުންތެރިންނަށް ހޮވުނީ ސަޒްނާގެ އިތުރުން އެ ޓީމުގެ ރިޒްވާނާ އަބޫބަކުރު އާއި މާޒާ ވަޖީހު އާއި ޒަހާ ނިޔާޒު އާއި މާޅޮހުގެ ހައްވާ ޝިފާނާޒު އަދި ދަރަވަންދޫގެ އައިމިނަތު މައުރޫޝާ އެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދީ ގޮއިދޫންނެވެ. އެ ޓީމު ވެސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރޭ ސީދާ ތިން ސެޓުން މާޅޮސް ބަލިކުރުމަށްފަހު އެވެ.

ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޮއިދޫގެ އިބްރާހީމް ފަޒީލް އެވެ.

މާރެސް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ އެންމެ ހަ ފަސް ކުޅުންތެރިން—ފޮޓޯ/ކިތުނާ

މުބާރާތުގެ ފިރިހެން ބައިގެ އެންމެ ހަ ފަސް ކުޅުންތެރިންނަށް ހޮވުނީ ގޮއިދޫގެ އަލީ ޝިމާލު އާއި އިބްރާހީމް ފަޒީލް އާއި ސައްދާދު ޒަކީގެ އާއި އަކްރަމް އަބްދުﷲ އާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޅޮހުގެ އަލީ ވިޝާމް އާއި ކުޑަރިކިލުގެ ތޯހިރު ނަސީރު އެވެ.

ދެ ބައިގެ ވެސް އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ކޯޗު މުހައްމަދު ނިޒާމު އެވެ.

މިއީ ބ. އަތޮޅަށް ހުޅުވާލައިގެން މާރެސް އިން މި މުބާރާތުގެ އަންހެން ޑިވިސަން ބޭއްވި ތިންވަނަ އަހަރެވެ. އަދި ފިރިހެން ޑިވިސަން ބޭއްވި ފުރަތަމަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.