ބ. އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ޕީއެސް 4 ފީފާ 18 ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
ވެސްޓް ވިންގުގެ ފީފާ 18 މުބާރަތް ކުރިއަށް ދާނީ މުބާރާތް ސްޕޮންސާކޮށްފައިވާ އޭދަފުށީ ބެއްލާ ވިސްޓާ ރެސްޓޯރަންޓްގައި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
32 ޓީމު ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަނަށް ވެސްޓް ވިންގުން ޕްލޭސްޓޭޝަން – 4 ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ވެސްޓް ވިންގުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މިދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރީ ޝާދިން ޝަކީލް އެވެ. މިއަހަރުގެ މުބާރާތުގައި ވެސް އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ.