ޔޫތު މިނިސްޓްރީން ބ. އަތޮޅުގެ ރަށްތަކަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޔޫތު މިނިސްޓްރީން އޭދަފުއްޓަށް ކުޅިވަރު ސާމާނު ހަދިޔާކުރަނީ– ފޮޓޯ/ޔޫތު މިނިސްޓްރީ

ރައީސް ޔާމީންގެ ސިޔާސަތެއް ކަމަށްވާ އާބާދީ ކިތަންމެ ބޮޑަސް ކުޑަޔަސް އެއް ވެސް ޒުވާނަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޔޫތު މިނިސްޓްރީ އިން ބ. އަތޮޅު ބައެއް ރަށްތަކަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި އެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށުގެ ކުޅިވަރު މަރުކަޒުތަކާއި ކުޅިވަރު ދަނޑުތައް ހަރުދަނާކުރުމަށް ފަށައިގެން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އިއްޔެ ވަނީ މިއަތޮޅު މާޅޮސް، ކެންދޫ، ކަމަދޫ، ދޮންފަނު، ކުޑަރިކިލު، ކިހާދޫ އަދި އޭދަފުއްޓަށް މި ތަކެތި ހަދިޔާކޮށްފަ އެވެ.

ޔޫތު މިނިސްޓްރީން ކިހާދޫއަށް ކުޅިވަރު ސާމާނު ހަދިޔާކުރަނީ– ފޮޓޯ/ޔޫތު މިނިސްޓްރީ

އެ ރަށްރަށަށް ހަވާލުކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ފުޓްސަލް ބޯޅަ، ފުޓްބޯޅަ، ބެޑްމިންޓަން ކުޅޭ ސާމާނު، ބަށި، ބާސްކެޓް، ޓީޓީ، ޑާޓް، ރާޒުވާ އަދި ބިލިޔާޑް ކުޅޭ ސާމާނު ހިމެނެ އެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އަންނަނީ ރޯދަމަސް ފެށުމާއިއެކު އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކޮށް ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ސާމާނު ހަވާލުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ރިޔާސީ އެއް ވައުދު ކަމަށްވާ ސްޕޯޓްސް އެރީނާގައި ހިމެނޭ ކުޅިވަރުގެ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ އެތަން ތަނަށް ބޭނުންވާ ލައިޓްތައްވެސް ދަނީ ހަރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.