
ބ. އަތޮޅު ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ޖުލައި 27 ގައި ފެށުމަށް އޭދަފުށީ ޒުވާނުންގެ ކްލަބުން ނިންމައިފި އެވެ.
އެ ކްލަބުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ މިއަތޮޅުގައި ހިންގާ ރިސޯޓް ތަކަށެވެ.
އޭދަފުށީ ޒުވާނުންގެ ކަލްބުން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މިއަތޮޅުގައި ހިންގާ ރިސޯޓްތަކަށް ހުޅުވާލާފައިވާ ކަމަށާއި މި މުބާރާތަކީވެސް ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ․
މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ․
މި މުބާރާތަކަކީ 2013 ވަނަ އަހަރު ކޮމްބިނޭޝަން (ސީސީ) އިން ތައާރަފުކުރި މުބާރާތެކެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ ޒުވާނުންގެ ކްލަބުންނެވެ.
ސޮނެވާފުށި ރިސޯޓް އަތުން 3-0 އިން އިން މޮޅުވެ، މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ޑުސިޓް ތާނީ ރިސޯޓް އެވެ.
