ފެހެންދޫގެ ދެވަނަ މެޗުގައި މިއަދު ހަވީރު ޓީސީއާ ދެކޮޅަށް

ފެހެންދޫ ފުޓްބޯޅަ ޓީމު

ދިވެހި ޕްރިމިއަރ ލީގުގައި ބ. އަތޮޅު ތަމްސީލު ކުރާ ފެހެންދޫ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ފެހެންދޫން ވަނީ ވިކްޓްރީ ހިފަހައްޓާފައެވެ. އެ މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު ފެހެންދޫ ޓީމުގެ ނައިޖީރިޔާ ޑިފެންޑަރ ޗިމާ ހުރީ އަނިޔާގައެވެ. ޗިމާއަށް އަނިޔާވީ ވިކްޓްރީ އާ ބައްދަލުކުރި މެދުގެ ފުރަތަމަ ހާފުގައެވެ. ޗިމާގެ މަގާމް މިއަދުވެސް ފުރާނެ ކަމަށް ބެލެވެނީ މިދިޔަ މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ މޮޅު ކުޅުމެއް ދެއްކި އަހްމަދު ހުމައިދެވެ. މިއަދު މެޗުގައި އަބްދުލް މަޖީދް އިބްރާހީމް (މަޖިއްޓޭ) ފެނުމުގެ ފުރުސަތު ބޮޑުކަމަށް ފެހެންދޫ ޓީމުން ބުނެއެވެ.

ފެހެންދޫއާ ދެކޮޅަށް ނުކުންނަ ޓީސީ އަކީ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމެވެ. ދިވެހި ޕްރިމިއަރ ލީގަށް އެޓީމުން ވަނީ ޢަލީ އަޝްފާގް ވެސް ގެންގޮސްފައެވެ. އަޝްފާގާއެކު އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފ. ނިލަންދޫ ޓީމު ވަނީ 6-1 އިން ބަލިކޮށްފައެވެ. އެ މެޗުގައި އަޝްފާގް ވަނީ ދެ ލަނޑު ޖަހާފައެވެ.

މިއަދުގެ މެޗަށްވެސް ފެހެންދޫ އަށް ސަޕޯޓް ކުރާ ވީހާވެސް ގިނަ އަދަދެއްގެ މީހުން ދަނޑަށް ދިއުމަށް ޓީމުން އެދެއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.