ގޯލްޑަން ފުޓްސަލް ޗެލެންޖް: ބ. އަތޮޅު މެޗުތަކާއެކު މުބާރާތް މިރޭ ފަށަނީ

މުޅި ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް މިރޭ ފަށާނެ އެވެ.

ރާއްޖޭގެ 55 ރަށުން ޓީމުތައް ވާދަކުރާ މި މުބާރާތް ހުޅުވާ މެޗުގައި މިރޭ 8:00 ގައި ބައްދަލުކުރާނީ ހިތާދޫ އާއި ކުޑަރިކިލު އެވެ. ދެވަނަ މެޗުގައި 9:00 ގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ތުޅާދޫ އެވެ.

2015ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގައި އޭދަފުށި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. އޭދަފުށީގެ އިތުރުން ހިތާދޫ އަކީ 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ޓީމެވެ. ތުޅާދޫ އަކީ މިދިޔަ އަހަރު މި މުބާރާތުގެ އަތޮޅު ޗެމްޕިއަނުންނެވެ.

މި މުބާރާތް މިރެއިން ފެށިގެން އަންނަ މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމު ކުރާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިފަހަރުވެސް ސޮނީ ސްޕޯޓްސް އެވެ.

މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖައްސާފައިވަނީ “ނައިކް މެނަރ އެކްސް ފުޓްސަލް ބޯލް” ގައެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65 ހާސް ރުފިޔާ ހުށަހަޅާފައި ވާއިރު ދެވަނަ ޓީމަކަށް 25 ހާސް ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މުބާރާތްވެސް ކުޅޭނީ އަތޮޅު ބުރާއި ޒޯން ބުރު ވަކިންނެވމި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ މާފަންނު މިނީ ގްރައުންޑް ގައެވެ.

މި މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަންކަން ހިތާދޫ ހޯދި އިރު 2016 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ތ. ތިމަރަފުއްޓެވެ. މިދޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި މާލެ ހެންވޭރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.