އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ އޮފީސް ބެޑްމިންޓަން ލީގުގެ ސެމީ ފައިނަލަށް ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބ. އަތޮޅު ކައުންސިލް އިދާރާގެ ޓީމު ދަތުރުކޮށްފި އެވެ.
ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ބ. އަތޮޅު ކައުންސިލް އިދާރާގެ ޓީމު ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ސެމީން ޖާގަ ހޯދީ ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.
ސެމީގެ ތިންވަނަ ޖާގަ ލިބޭނީ މިއަދު ހަވީރު ދިރާގާ އަތޮޅު ހޮސްޕިޓަލު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޭންކް/އުރީދޫ/ބަޔޮސްފިއާ އާ ދެކޮޅަށް ނުކުންނާނީ ހަވީރުގެ މެޗުން ބަލިވާ ޓީމެވެ. މި މެޗުން މޮޅުވާ ޓީމަށް ސެމީގެ ފަހު ޖާގަ ޔަގީންވާނެ އެވެ.