ކްލަބް އޭދަފުށި ޔޫތު ޑިވެލޮޕްމަންޓް އިން އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އޭދަފުށީ ޔޫތް ޑިވެލޮޕްމަންޓް އިން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކްލްބުން ބުނިގޮތުގައި މި މުބާރާތް ބާއްވަނީ އޭދަފުށީގައި މިފަދަ މުބާރާތެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީވެ، ގިނަ އޮފީސްތަކެއްގެ އެދުމުގެ މަތިންނެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ މުބާރާތް ކާމިޔާބުކުރީ އުރީދޫ ކޮމްބައިން ޓީމެވެ.
އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތަކީ ވެސް ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާކަމަށް އެ ކްލަބުން ބުންޏެވެ.