ސޮނެވާ-ވައްކަރު މެޗުން ރިސޯޓް މުބާރާތް މިއަދު ހަވީރު ފަށަނީ

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ސޮނެވާފުށީ ރިސޯޓާއި ވައްކަރު މޯލްޑިވްސް ރިސޯޓުގެ މެޗުން މިއަދު ހަވީރު ފަށާނެ އެވެ.

ބ. އަތޮޅުގެ އަށް ރިސޯޓުން ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ރިސޯޓްގެ އިތުރުން ދެން މި މުބާރާތުގައި ކުޅޭ އަނެއް ހަ ރިސޯޓަކީ އެންމެ ފަހުގެ ޗެމްޕިއަން ދުސިތު ތާނީ މޯލްޑިވްސް، އަމިއްލަފުށީ ރިސޯޓް، ފިނޮޅު ރިސޯޓް، ރޯޔަލް އައިލެންޑް، އަނަތްރާ ކިހަވައް ވިލާސް އަދި މިލައިދޫ އައިލެންޑް ރިސޯޓް އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ފްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި މީގެ ހަތް އަހަރު ކުރިން ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބާއްވަމުން އައި މުބާރާތެކެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދީ ސޮނެވާފުށި ރިސޯޓް އެވެ. އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ އަނަންތަރާގެ އިތުރުން ދި ސްމޯލް މޯލްޑިވްސް އައިލެންޑް (އަމިއްލަފުށި/ފިނޮޅު ރިސޯޓް) އަދި ދުސިޓް ތާނީ މޯލްޑިވްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.