އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން ކަމަށް އާސިމް

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް އައްޔަނުކުރި އާސިމް އަބްދުއް ސައްތާރުއަށް ލިޔުން ހަވާލުކޮށްދެއްވަނީ— ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން ކަމުގެ މަގާމަށް ބ. އޭދަފުށީ ހަތިހާ، އާސިމް އަބްދުއްސައްތާރު އައްޔަނުކުރައްވައިފި އެވެ.

އެމްއެންޔޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އާސިމް އަށް ޑީންކަމުގެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް އެވެ.

ފެކަލްޓީ އޮފް އާރޓްސްގެ ޑީން ކަމުގެ މަގާމަށް އައްޔަނު ކުރެއްވި އާސިމް އަބްދުއްސައްތާރު ދަނީ 2005 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ވަޒީފާ އަދާކުރައްވާފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމާއި ހަވާލުވެ ކާމިޔާބުކަމާއިއެކު ހަތަރު އަހަރުގެ ދައުރެއް އާސިމް ވަނީ ފުރިހަމަ ކުރައްވާފަ އެވެ.

އޮސްޓްރޭލިޔާގެ ޔުނިވާސިޓީގެ އެޑިތު ކޮވަން ޔުނިވާސިޓީން އެޑިއުކޭޝަން އިން މާސްޓާސް ހާސިލްކުރައްވާފައިވާ އާސިމް ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައެވެ.

އާސިމް ދަނީ މިހާރުވެސް ޔުނިވާސިޓީ ކައުންސިލްގެ މެމްބަރުކަމާއި އަދި އެކެޑަމިކް ސެނެޓްގެ މެމްބަރުކަންވެސް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.