ނެޝަނަލް އެންވަޔަރަމަންޓް ކޭމްޕުން ބާއޭއީސީގެ ދަރިވަރުން ކާމިޔާބީތަކެއް ހޯދައިފި

އެންވަޔަރަމަންޓް ކޭމްޕުގައި ބައިވެރިވި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ދަރިވަރުން—ފޮޓޯ / ބާއޭއީސީ

ގާލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ލިޓިލްމެއިޑް ކުދިންގެ އެންވަޔަރަމަންޓް ކޭމްޕުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކާމިޔާބީތަކެއް ހޯދައިފި އެވެ.

އެންވަޔަރަމަންޓް ކޭމްޕަކީ ރާއްޖޭގައި ލިޓިލް މެއިޑް ހަރަކާތްތައް ހިންގާ ހުރިހާ ސްކޫލުތަކެއްގެ ގްރޭޑް 4 ން މަތީގެ ލިޓިލް މެއިޑް ކުދިންނަށް އަމާޒުކޮށްގެން ދެ އަހަރުން އެއް އަހަރު ބާއްވާ ކޭމްޕެކެވެ. މި ކޭމްޕަގައި ބައިވެރިވުމަށް ކޮންމެ ސްކޫލަކުން ވެސް ފުރުސަތުދެނީ 3 ކުދިންނަށެވެ.

އެންވަޔަރަމަންޓް ކޭމްޕުން ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ސެޓްފިކެޓްދެނީ

މިދިޔަ މަހުގެ 26-28 އަށް ހުޅުމާލޭ ގާޒީ ސްކޫލުގައި ބޭއްވި މި ކޭމްޕްގައި ބައިވެރިވި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ވަނީ ބެސްޓް ސަބް ކޭމްޕަރ އަދި ބެސްޓް ސިކްސަރ ހާސިލްކޮށްފަ އެވެ. މި ކޭމްޕްގައި މާލެ އާއި އަތޮޅުތެރޭގެ 26 ސްކޫލަކުން ސަތޭކައެއްހާ ދަރިވަރުން ބައިވެރިވި އެވެ.

މިކަން ފާހަގަ ކުރުމަށް މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އަދި ޖަލްސާގައި ސްކޫލުގެ ފަރާތުން ވަނީ ދަރިވަރުންގެ ހިތްވަރަށް ތައުރީފު ކޮށްފަ އެވެ.

އެސްކޫލުން މައުލޫމާތު ދިން ގޮތުގައި މިފަދަ ކޭމްޕްތަކުގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންނަށް ގައުމީ ފެންވަރުގެ އެކި ކޭމްޕްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.