ބޯކޮށް ވާރޭވެހި އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ފެންބޮޑުވުމުން އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.
މުބާރާތް އިންތިޒާމްކުރާ އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ އިއްޔެ ހަވީރާއި މިއަދު ވިއްސާރަވެ ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން ދެ މެޗު ކުޅެވޭގޮތް ނުވުމުން މުބާރާތުގެ ޝެޑިއުލަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
އިއްޔެ ކުޅެން ކުރިން ހަމަޖެހިފައި އޮތް ސޮނެވާ އާއި ޑުސިޓް ބައްދަލުކުރާ މެޗު މިހާރު ޝެޑުލުކޮށްފައިވާނީ މާދަމާ ހަވީރު ކުޅޭ ގޮތަށެވެ. އަދި މިއަދު ކުޅެން ކުރިން ޝެޑިއުލްކުރި މެޗުން އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ.
މޫސުން ތަންދޭނަމަ ބަދަލު ގެނެސްފައިވާ ޝެޑިއުލާ އެއްގޮތަށް މާދަމާ އިން ފެށިގެން މެޗުތައް ކުރިއަށްދާނެ ކަމަށް ވެސް ޒުވާނުންގެ ކްލަބުން ބުންޏެވެ.
ބ. އަތޮޅުގެ އަށް ރިސޯޓުން ވާދަކުރާ މި މުބާރާތުގެ ޓޭބަލްގެ އެއްވަނައިގާ އޮތީން ތިން ޕޮއިންޓާއެކު ސެނެވާ އާއި ޑުސިޓް ތާނީ އެވެ.