އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަމިއްލަފުށީ ރިސޯޓާއި ވައްކަރު މޯލްޑިވްސް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާއެކު 6 ޕޮއިންޓާއެކު މި ގްރޫޕްގެ އެއް ވަނައިގޮތް އޮތް ދުސިތު އަށް ވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ލިބިފަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ އަމިއްލަ ފުށިންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނިޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ސިފާހު އެވެ. ދެވަނަ ހާފުގައި ވައްކަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ އާފާގު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވައްކަރުގެ އަލީ ނިޝާމު އަށެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރޯޔަލް ރިސޯޓާއި މިލައިދޫ އައިލެންޑް އެވެ.