އިންޖީނުގެތަކުގެ ޓެކްނީޝަނުންނަށް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި

ނ، ރ، ބ އަދި ޅ. އަތޮޅުގެ އިންޖީނުގެ ތަކުގައި މސައްކަތްކުރާ ޓެކްނީޝަނުންނަށް އިއްޔެ ފެށި ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން

ފެނަކަ ކޯޕަރޭޝަނުން ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށުގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޓެކްނިކަލް އާލާތްތައް ބޭނުންކުރާނެގޮތުގެ ޓްރޭނިން ޕްރޮގްރާމެއް އޭދަފުށީގައި ފަށައިފި އެވެ.

ފަސް ދުވަހުގެ މުއްދަތައް އޭދަފުށީގައި އިއްޔެ ފެށި ޓްރޭނިން ޕްރޮގްރާމުގައި ނ، ރ، ބ އަދި ޅ އަތޮޅުގެ އިންޖީނުގެ ތަކުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ތެރެއިން 46 މީހުން ބައިވެރިވެ އެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގައި ރަށްރަށުގައި ބޭނުންކުރާ އިންޖީނުތަކާއި ޕެނަލް ބޯޑް ފަދަ ސިސްޓަމްތައް ބޭނުންކުރާނެ ގޮތާއި އެއާބެހޭ މައުލޫމާތު ދޭނެ ކަމަށެވެ.

ފެނަކައިން ބުނިގޮތުގައި ޓްރޭނިން ޕްރޮގްރާމުގެ ބޭނުމަކީ މި ސަރަހައްދުގެ ހަތަރު އަތޮޅުގެ ކޮންމެ ރަށެއްގައި ވެސް ފެންވަރު ރަނގަޅު ޓެކްނީޝަނުން އުފެއްދުމާއި އިންޖީނުތަކަށް ދިމާވާ މައްސަލަތައް ސީދާ އެ ރަށްރަށުން ހައްލުކުރެވޭގޮތް ހެދުމެވެ.

މި ޓްރޭނިން ޕްރޮގްރާމުގައި މައުލޫމާތުދެނީ އިންޑިޔާގެ ތަޖުރިބާކާރު އިންޖިނޭރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.